އައްޑޫ ސިޓީގައި މިރޭ މާރާމާރީއެއް ހިންގައިފިއެވެ.

Ads by Asuru

ފުލުހުން ބުނީ އައްޑޫ ސިޓީ ހުޅުމީދޫގައި ދެ މީހެއްގެ މެދުގައި މާރާމާރީއެއް ހިނގި ކަމުގެ މައުލޫމާތު މިރޭ 8:30 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

އެ މާރާމާރީގައި 21 އަހަރުގެ ފިރިހެނަކަށް އަނިޔާވެ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގައި ދަނީ ފަރުވާދެމުންނެވެ. އަދި 23 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން މި މައްސަލަ ބަލަމުން އަންނައިރު، މި މާރާމާރީގެ ވިޑިއޯ، މީސްމީޑިއާގައި ދަނީ ދައުރުވަމުންނެވެ.