ކުރިއަށް އޮތްތަނުގައި ޖުމްހޫރީ ޕާޓީ(ޖޭޕީ)އާ ގުޅޭ މެމްބަރުންގެ އަަދަދު އިތުރުވެގެންދާނެ ކަމާމެދު ޝައްކު ނުކުރައްވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

Ads by Asuru

ޖޭޕީ އަށް ޒުވާނުންތަކެއް ސޮއިކުރުމަށް ބޭއްވި ހަފްލާއަށްފަހު ވާހަކަދައްކަމުން ނަހުލާ ވިދާޅުވީ ޖޭޕީގެ އަމާޒަކީ މެމްބަރުން އިތުރުކުރުމާއެކު ޕާޓީ އިތުރަށް ވަރުގަދަކުރުން ކަމަށެވެ. އެއް ޓީމެއްގެ ގޮތުގައި މަސައްކަތް ކުރާ ޕާޓީއަކަށް ޖޭޕީ ހެދުމަކީ ވެސް އަމާޒެއް ކަމަށް އެކަމަަނާ ވިދާޅުވިއެވެ.

ނަހުލާ ވިދާޅުވީ މިހާރު ރާއްޖެއިން ފެންނަމުންދާ ކަންކަން ބަދަލުކޮށް އަދި އިސްލާމިއްޔަތަށް ލޯބިކުރާ ޕާޓީއެއްގެ ގޮތުގައި ޖޭޕީ އަބަދުވެސް ދެމި އޮންނާނެ ކަމަށެވެ.

އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރާނެކަން ޖޭޕީން އިއުލާންކޮށްފައިވާއިރު އެ ޕާޓީން އަންނަނީ މެމްބަރުން އިތުރުކުރުމަށް ވެސް މަސައްކަތް ކުރަމުންނެވެ.