ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އައްޑޫ ސިޓީ އާއި ލާމު އަތޮޅުގެ ބައެއް ރަށްތަކަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު މިއަދު މާލެ ވަޑައިގެންފިއެވެ.

Ads by Asuru
ރައީސް މުއިއްޒު ލ.އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ވަނީ އެ އަތޮޅު މާވަށް، އިސްދޫ، ދަނބިދޫ، ފޮނަދޫ އަދި ގަމަށް ވަޑައިގެން އެރަށުގެ ކައުންސިލްތަކާއި ރައްޔިތުންނާ ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފައެވެ.

މީގެ އިތުރުން މި ދަތުރުފުޅުގައި ލ. ފޮނަދޫގައި ބޭއްވި ޖަލްސާގައި ވަނީ އެއަތޮޅުގެ ތަރައްގީގެ ބޮޑެތި މަޝްރޫއުތަކެއްގައި ސޮއިކޮށްފައެވެ.

އެގޮތުން ކައްދޫގައި އޮންނަ އެއާޕޯޓު އިތުރަށް ތަރައްގީ ކުރުމަށާއި ޓްރާންސްޝިޕްމަންޓް ބަނދަރެއް ހިމެނޭ ގޮތަށް ލ. ގާދޫގައި މެރިޓައިމް ހަބެއް ގާއިމް ކުރުމަށްޓަކައި ޗައިނާގެ ސީއޭއެމްސީއީ އިންޖިނިއަރިންއާ އާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ފަހުމުނާމާއެއްގައި ސޮއިކޮށްފައިވެއެވެ.

މި މަހުގެ 21 ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕެއިނަށް އެމަނިކުފާނު އައްޑޫ ސިޓީއަށް ވަޑައިގަތީ އިއްޔެއެވެ. އެ ސިޓީން އެމަނިކުފާނަށް ހޫނު މަރުހަބާއެއް ކިޔާފައިވެއެވެ.