ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ޝަރީއަތް ލަސްވާ މައްސަލައިގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ކަންބޮޑުވުންފާޅު ކުރެއްވުމުން، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީގެ ފަރާތުން ބާރަށު ދާއިރާ އަށް ވާދަ ކުރައްވާ އިބްރާހީމް ޝުޖާއު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
ޝުޖާއު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސް ޔާމީން މިނިވަން ނުވާތީ، އެވާހަކަ ދައްކަން ”އެންމެ ތާހިރު“ މީހަކީ އަސްލަމް ކަމަށެވެ.
”ތިބޭފުޅާތީ އެންމެ ތާހިރު މީހާ ތިވާހަކަ ދައްކަން! ރައީސް ޔާމީންގެ މައްޗައް އިއްވާފައިވާ ހަރާމް ހުކުމް މައްސަލާގައި ތިބޭފުޅާ އާވެސް އަޅުގަނޑުމެން ގޮސް ވާހަކަ ދެއްކީމޭ ތިބޭފުޅާގެ ވެރިކަމުގަ. ދެއްވި ޖަވާބު ކަންފަތުގަ އެބަހުއްޓޭ ހަރުލާފަ. ތިބޭފުޅާ އެދުވަހު ވިދާޅުވީ ރައީސް ޔާމީން އޮންނަންޖެހޭނީ ޖަލުގަ ކަމަށް. ގެއަށް ބަދަލު ކުރެވޭނީ އިބޫ އަށް 2 ވަނަ ދައުރެއް ލިބުނީމަ ކަމަށް. ނަމަވެސް މިނިވަނެއް ނުކުރެވޭނެ ކަމަށް.“ ޝުޖާއު ވިދާޅުވިއެވެ.
ޝުޖާއު ވަނީ، މިއަދު ވެސް ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ބާރު އޮތީ އެމްޑީޕީއަށް ކަމަށް އިޝާރާތް ކުރައްވާފައެވެ.
އަސްލަމް @aslamdp ތިބޭފުޅާތީ އެންމެ ތާހިރު މީހާ ތިވާހަކަ ދައްކަން!ރައީސް ޔާމީންގެ މައްޗައް އިއްވާފައިވާ ހަރާމް ހުކުމް މައްސަލާގައި ތިބޭފުޅާ އާވެސް އަޅުގަނޑުމެން ގޮސް ވާހަކަ ދެއްކީމޭ ތިބޭފުޅާގެ ވެރިކަމުގަ.ދެއްވި ޖަވާބު ކަންފަތުގަ އެބަހުއްޓޭ ހަރުލާފަ.ތިބޭފުޅާ އެދުވަހު ވިދާޅުވީ… https://t.co/52ysSdoVfi
— Ibrahim Shujau (@IbrahimShujaau) April 13, 2024
އެމްޑީޕީން ރޭ ބޭއްވި މަޖިލިސް ކެމްޕެއިން ހަރަކާތެއްގައި އަސްލަމް ވަނީ، ރައީީސް ޔާމީންގެ ޝަރީއަތް ލަސްވާ ސަބަބު ބެލުމަށް ޖޭއެސްސީއަށް ހުށަހަޅުއްވާނެ ކަމަށެވެ. އަސްލަމަކީ ޖޭއެސްސީގެ ވެސް މެމްބަރެކެވެ.