މިއަހަރުގެ ފިތުރު އީދާއި ގުޅުވައިގެން ރާއްޖޭގެ އެކި ހިސާބުތަކުގައި އުރީދޫ މޯލްޑިވްސް އާ ގުޅިގެން ގިނަ ހަރަކާތްތަކެއް ވަނީ ބާއްވައިއެވެ.

Ads by Asuru

މިއީ މުޖުތަމައުގައި އުފާ ފާޅުކުރުމާއި އެއްބައިވަންތަކަން އިތުރު ކުރުމަށް ބޭއްވުނު ހަރަކާތްތަކެއް ކަމަށް އުރީދޫން ބުނެއެވެ.

1. ބޯކިބާ ބެހުން – މާލެ އަދި ހުޅުމާލެ

ކޮންމެ އީދެއްގައި އުރީދޫގެ ފަރާތުން ކުރިއަށްގެންދާ އީދު ބޯކިބާ ބެހުން މި ފިތުރު އީދުގައިވެސް މާލެ އަދި ހުޅުމާލޭގައި ކުރިއަށް ދިޔައެވެ.

މިއީ އީދުގައި ޒަމާނުންސުރެ ސަޔަށް ބޯކިބާ ކެއެމުގެ އާދަޔާ ގުޅުވައިގެން އުރީދޫއިން ކުރިއަށް ގެންދާ ހަރަކާތެކެވެ.

2. އީދު ހަދިޔާ ބެހުން

މި އަހަރުވެސް ކުޑަކުދިންނަށް އިރީދޫގެ ފަރާތުން އީދު ހަދިޔާ ބެހުން ކުރިއަށް ގެންދިޔައެވެ.

3. އީދު ސައި – އެޗް.ޑީ.ސީ އާއެކު

އެޗް.ޑީ.ސީ އާއި ގުޅިގެން ފޭސް 2ގައި އީދު ސައި ބެހުން އީދު ދުވަހު ހެނދުނު ކުރިއަށް ދިޔައެވެ.

4. ކުލަބު ހުޅު އަދި އުރީދޫ ގުޅިގެން ބޭއްވުނު ފެންކުޅި އަދި ވާދެމުން
ކުލަބު ހުޅުގެ ފަރާތުން ހުޅުމާލެ ހުޅު ބީޗު ސަރަހައްދުގައި ފެންކުޅި، ވާދެމުން އަދު ކުޑަކުދިންގެ ގިނަ ހަރަކާތްތަކެއް ހިމެނޭހެން ފޯރިގަދަ ހަރަކާތެއް ބޭއްވުނެވެ.

5. ހުޅުމާލެ ކޮމިއުނިޓީ ޑިވެލޮޕްމަންޓް ސޮސައިޓީގެ އީދު ސައި
ހުޅުމާލެ ކޮމިއުނިޓީ ޑިވެލޮޕްމަންޓް ސޮސައިޓީގެ އީދު ސައި އީދު ނަމާދަށް ފަހު ހިޔާ ޓަވަރު ސަރަހައްދުގައި ބޭއްވުނެވެ.

6. މަޑުއްވަރީ މައިސްޓްރޯ ކަޕް – މެއިން ޕާޓްނަރ

މ. މަޑުއަވަރީގައި ބޭއްވި މަޑުއްވަރީ މައިސްޓްރޯ ކަޕްގެ މެއިން ޕާޓްނަރ އަކީ އުރީދޫއެވެ. މިއީ މަޑުއްވަރީ އީދު ހަރަކާތްތަކުގެ އެންމެ ބޮޑު އެއް ހަރަކާތެވެ.


7. މިލަންދޫ ކައުންސިލް ކަޕް – ބްރޮންޒް ޕާޓްނަރ

ށ. މިލަންދޫ ކައުންސިލް ކަޕްގެ ބްރޮންޒް ޕާޓްނަރއަކީ އުރީދޫއެވެ. ފުޓުބޯޅަ މުބާރާތްތަކަކީ ގިނައިން އީދާއި ދިމާކޮށް ބޭއްވޭ ހަރަކާތެކެވެ.

8. ކުޑަރިކިލު ފުޓްސަލް މުބާރާތް – ޑިޖިޓަލް ޕާޓްނަރ

ކުޑަރިކިލު ފުޓްސަލް މުބާރާތުގެ ޑިޖިޓަލް ޕާޓްނަރަކީ އުރީދޫއެވެ. މިއީ ރަށުގެ ފޯރިގަދަ މުބާރާތެއް ކަމުގައި ވެފައިވެއެވެ.

 

9. އޭދަފުށި ފުޓްސަލް ކަޕް – ޓައިޓަލް ސްޕޮންސަރ

އޭދަފުށި ފުޓްސަލް މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ އުރީދޫއެވެ. މިއީ ބޮޑު ތަރުހީބެއް ލިބިގެން ދިޔަ މުބާރާތެކެވެ.