ނޫސްވެރިން ބޭނުން ސުވާލެއް ކުރަން، ރައީސް ޔާމީން އަބްދުލްގައްޔޫމް ފުރުސަތު ދެއްވި ގޮތަށް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް އެ ފުރުސަތު ދެއްވަން ކެރިވަޑައިގަންނަވާނެތޯ، ޕީއެންސީގެ ރައީސް އަބްދުއްރަހީމް ސުވާލު ކުރައްވައިފިއެވެ.
ޖަލުން މިނިވަންވެވަޑައިގެންނެވި ފަހުން، ރޭ ބޭއްވެވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޔާމީން ވަނީ ނޫސްވެރިންނާއެކު ވަރަށް ގިނަ ވަގުތުތަކެއް ހޭދަކުރައްވައި، ނޫސްވެރިންގެ ވަރަށް ގިނަ ސުވާލުތަކަށް ޖަވާބު ދެއްވާފައެވެ.
މިކަމާ ގުޅިގެން އަބްދުއްރަހީމް ކުރެއްވި ޓްވީޓެއްގައި ވަނީ ރައީސް ޔާމީން އަމަލު ކުރެއްވި ގޮތަަށް، ނޫސްވެރިންގެ ހުރިހާ ސުވާލުތަކަށް ޖަވާބު ދެއްވަން، ރައީސް ސޯލިހަށް ކެރިވަޑައިގެންފާނެތޯ އައްސަވާފައެވެ.
ކެރިވަޑައިގަންނަވާނަމަ ގައުމުގައި މިހިނގާ ކަންތަކާ ގުޅޭގޮތުން ސުވާލުކޮށްލަން ނޫސްވެރިންނަށް އެ ފަދަ ފުރުޞަތެއް ދެއްވަންވީނޫންތޯ؟
ނޫސްވެރިންބޭނުން ސުވާލެއްކުރަން @prz_ymn ފުރުޞަތު ދެއްވިގޮތަށް @ibusolih މަނިކުފާނަށް ކެރިވަޑައިގަންނަވާނެތޯ ފުރުޞަތު ދެއްވަން.އަޅެ ކެރިވަޑައިގަންނަވާނަމަ ގައުމުގައި މިހިނގާ ކަންތަކާ ގުޅޭގޮތުން ސުވާލުކޮށްލަން ނޫސްވެރިންނަށް އެ ފަދަ ފުރުޞަތެއް ދެއްވަންވީނޫންތޯ؟ #RaeesYameen2023
— Abdul Raheem Abdulla (@Banafsaa) August 11, 2022
ރައީސް ސޯލިހު ވެރިކަމުގެ ހުވާ ކުރެއްވުމުގެ ކުރިން، ނޫސްވެރިންނާ ގާތް ގުޅުމެއް ބާއްވަވާނެ ކަމަށް ވައުދުވެވަޑައިގެންނެވިއެވެ. ނަމަވެސް އެމަނިކުފާނަށް ވެރިކަން ލިބިވަޑައިގަތުމަށްފަހުގައި، ނޫސްވެރިންގެ ބައްދަލުވުންތައް ބާއްވާ މިންވަރު ވަރަށް ބޮޑަށް މަދު ކުރެއްވިއެވެ.

ރައީސް ޔާމީން ވެރިކަމަށް އަންނަން ބޭނުންވަނީ އިޚްލާސްތެރިން،