ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވޯޓު ލާ ވަގުތު 5:30 އަށް އިތުރު ކުރަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ.

Ads by Asuru

އީސީއިން ކުރިން ނިންމާފައި އޮތީ ވޯޓުލާ ވަގުތަކީ ހެނދުނު 8:00 އިން ހަވީރު 4:00 އަށް ކަމަށެވެ.

ވޯޓުލާ ވަގުތު 5:30 އާ ހަމައަށް އިތުރު ކުރަން އީސީން ނިންމާފައި ވަނީ ގައުމީ ލަފާދޭ ކޮމިޓީން އިއްޔެ ދިން ލަފައާ ގުޅިގެންނެވެ.

ވޯޓުލާ މުއްދަތު އިތުރުކޮށްފައި ވަނީ މޫސުން ގޯސްވެދާނެ ކަމަށް ލަފާކޮށް ވޯޓުލާން އިތުރު ފުރުސަތު ދިނުމުގެ ގޮތުންނެވެ.

ނަމަވެސް ދެން ވޯޓުލާ ވަގުތު އިތުރު ނުކުރާނެ ކަމަށް ވެސް އީސީއިން ވަނީ ބުނެފައެވެ.