ތިން ރަށެއްގައި އާ ހޮސްޕިޓަލް އެޅުމުގެ މަސައްކަތް ފެށުމަށް އެމްޓީސީއާއި މިއަދު ހަވާލުކޮށްފިއެވެ.
ހެލްތު މިނިސްޓްރީން ބުނީ ހޮސްޕިޓަލު އެޅުމަށް އެމްޓީސީސީއާ ހަވާލުކުރި ތިން ރަށަކީ ރ އަލިފުށި ، ނ މަނަދޫ އަދި މ.މުލީ ކަމަށެވެ.
މީގެ ތެރެއިން މ.މުލީ އަދި ނ މަނަދޫގައި އެޅުމަށް ހަމަޖެހިފައި ވަނީ 50 އެނދުގެ ހޮސްޕިޓަލެކެވެ. މިއީ 185 މިލިއަން ރުފިޔާގެ މަޝްރޫއުއެކެވެ.
މަސައްކަތް ނިންމަން އެއްބަސްވުމުގައި ވަނީ، ދެ އަހަރު ދުވަހުގެ ތެރޭގައެވެ.
އަދި ރ އަލިފުށީގައި އެޅުމަށް ހަމަޖެހިފައިވަނީ 30 އެނދުގެ ހޮސްޕިޓަލެކެވެ. އެއީ 128 މިލިއަން ރުފިޔާއަށް 730 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއޖއެކެވެ.
މި ހޮސްޕިޓަލުތަކަކީ ކޮވިޑް-19 ފަދަ ބަލިތަށް ފެތުރޭ ހާލަތްތަކުގައި ހޮސްޕިޓަލުގެ އޮޕަރޭޝަން ނުހުއްޓި ކުރިޔަށް ގެންދެވޭ ގޮތަށް ފްލޫ ކްލިނިކާއި، އައިސޮލޭޝަން ފެސިލިޓީ ހިމެނިގެން ހެދޭ ހޮސްޕިޓަލްތަކެކެވެ.
މީގެ އިތުރުން ހޮސްޕިޓަލުގެ ބޭނުންކުރާ ހަކަތައަށް ކުރާ ހަރަދު ކުޑަ ކުރުމުގެ ގޮތުން މި މަޝްރޫއުގެ ދަށުން ކޮންމެ ހޮސްޕިޓަލެއްގައި ސޯލަރ ޕީވީ ސިސްޓަމް ހަރުކުރުމަށް ވަނީ ހަމަޖެހިފައެވެ.
ހޮސްޕިޓަލުގެ ހުރިހާ އެނދަކަށް ޕައިޕްޑް އޮކްސިޖަން، މެޑިކަލް އެއަރ އަދި ސަކްޝަން އެޅިފައިވާނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.
އަދި މިއީ ސަރުކާރުން އަތޮޅުތަކުގައި ދެވޭ ސިއްހީ ހިދުމަތް ފުޅާކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން އަޅާ ހޮސްޕިޓަލްތަކެއް ކަމަށް ހެލްތު މިނިސްޓްރީން ހާމަކުރެއެވެ.
ކޮބާ ތޯ މި ތުލުސްދޫގެ ހޮސްޕިޓާ.މިހާރު ނިމުނީ ތޯ.