ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ސިޓީގެ ދާއިރާތަކުގެ ގޮނޑިތައް ވެރިކަން ކުރާ ޕީއެންސީ ހޯދައި، އައްޑޫގެ ތާރީހު ބަދަލު ކޮށްލައިފިއެވެ.

Ads by Asuru

އައްޑޫގައި އޮންނަ އަށް ދާއިރާގެ ތެރެއިން ޕީއެންސީ އަށް މިހާތަނަށް ވަނީ ހަތަރު ގޮނޑި ކަށަވަރުވެފައެވެ.

އެ ސިޓީ އަކީ އެމްޑީޕީއަށް އަބަދު ވެސް ތާއީދު ބޮޑު ސިޓީއެއް ކަމުގައި ވިޔަސް، ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވަގުތީ ނަތީޖާ އިން ދައްކާ ގޮތުގައި ޕީއެންސީގެ ކެންޑިޑޭޓުންގެ ތެރެއިން ހިތަދޫ މެދު ދާއިރާގެ ކެންޑިޑޭޓު އަހުމަދު އަޒާން އާއި ހިތަދޫ އުތުރު ދާއިރާގެ ކެންޑިޑޭޓު މުހައްމަދު ސިނާން އާއި ހުޅުދޫ ދާއިރާގެ ކެންޑިޑޭޓު މުހައްމަދު ޝާހިދު (ޝާޑް) އާއި ފޭދޫ ދެކުނު ދާއިރާގެ ކެންޑިޑޭޓު އިބްރާހިމް ދީދީ (އައިބީ) ވަނީ ގޮނޑި ކަށަވަރު ކުރައްވައިފައެވެ.

ފޭދޫ އުތުރުގެ ގޮނޑި ޕީއެންސީގެ ކެންޑިޑޭޓު އިސްމާއިލް ނިޒާރު ހޯއްދެވިއިރު، މީދޫ ދާއިރާގެ ގޮނޑި ކަށަވަރުކުރެއްވީ އަމިއްލަ ގޮތުން ވާދަކުރެއްވި އަބްދުލްރަހްމާނެވެ.

އެމްޑީޕީން ކަށަވަރުކޮށްފައި ވަނީ ހިތަދޫ ދެކުނު ދާއިރާގެ ގޮނޑިއެވެ. އެ ގޮނޑި ކާމިޔާބު ކުރައްވާނީ މިހާރުގެ ވެސް މެމްބަރު އިބްރާހިމް ނާޒިލެވެ.

އައްޑޫގެ އިތުރުން، މާލެ ސިޓީ އާއި ފުވައްމުލައް ސިޓީގެ މެޖޯރިޓީ ވެސް ސަރުކާރުން ވަނީ ނަގައިފައެވެ.