ހދ.ކުޅުދުއްފުށި ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ހައްލު ކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، އެ ސިޓީއަށް ދެ ޖަނަރޭޓަރު ގެންގޮސްފިއެވެ.

އެ ސިޓީގެ ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމަށް ފޮނުވާ 600 ކިލޯވޮޓުގެ ދެ ޖަނަރޭޓަރު ގެންގޮސް، އިންސްޓޯލް ކުރުމުގެ މަސައްކަތް ކުރަން ތައްޔާރުވެފައިވާ ކަމަށް ފެނަކައިން ބުނެއެވެ.

ކުޅުދުއްފުށި ސިޓީގެ ކަރަންޓު މައްްސަލަ ހައްލު ކުރެވެންދެން ސްޓެލްކޯގެ ތަޖުރިބާކާރުންގެ ޓީމެއް އެ ސިޓީގައި ހަރަކާތްތެރިވަމުންދާނެ ކަަމަށް ސްޓެލްކޯއިން ވަނީ މީގެކުރިން ބުނެފައިވެއެވެ.

ކުޅުދުއްފުށީގައި ކަރަންޓު ކެނޑުމުގެ މައްސަލަ ދިމާވާން ފެށީ ޖެނެރޭޓަރަށް ދިމާވި މައްސަލައަކާ ގުޅިގެން،  ސިޓީގައި ބޭނުން ކުރަމުންދާ ޖެނެރޭޓަރުތަކަށް ލޯޑު ބޮޑުވެގެންނެވެ.