އެމްޑީޕީގެ ރައީސް، އަދި ކުރީގެ ހާރިޖީ ވަޒީރު ޝާހިދުގެ ބައްޕަ ޝެއިހު މޫސާ ޖަމީލު އަވަހާރަވުމާއި ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.

Ads by Asuru

ޝެއިހު މޫސާ ޖަމީލު އަވަހާރަވީ، މިއަދު ހެނދުނު އެޑީކޭ ހޮސްޕިޓަލުގައެވެ.

ޝާހިދު ވިދާޅުވީ ބައްޕަ މިއަދު ހެދުނު ނިޔާވެފައިވާ ކަމަށާއި, އޭނާގެ ބައްޕަ އަކީ ހަޔާތުގައި ލިބުނު އެންމެ ބޮޑު ހިތްވަރުކަމަށެވެ.

ރައީސް މުއިއްޒު އެކްސްގައި މިއަދު ވިދާޅުވީ، މި ހަބަރު އެއްސެވީ ފުން ހިތާމައާއިއެކުގައި ކަމަށާއި، ޝާހިދުގެ އާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުއާ ކުރައްވާ ކަމަށެވެ.

ޝެއިހު މޫސާ ޖަމީލުގެ މޫނު ދެއްކުން މިއަދު 11 އިން ފެށިގެން އިސްލާމީ މަރުކަޒުގައި ކުރިއަށް ދާނެކަމަށް އާއިލާއިން ވަނީ ބުނެފައެވެ. އަދި ކަށު ނަމާދު އޮންނާނީ މިއަދުގެ އަސްރު ނަމާދަށްފަހުއެވެ.