ސްޓޫޑަންޓް ލޯނަށް އެދުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

Ads by Asuru

މި ލޯނަކީ ކޮންމެ އަހަރަކުވެސް މަތީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ހޯދައިދިނުމަށް ދޭ ލޯނެކެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ އެ ފުރުސަތު މިހާރު އަންނަ މަހުގެ ދޭއް ވާ ބުރާސްފަތި ދުވަހުގެ 13:30 އަށް އިތުރުކޮށްފައިވާ ކަމަށެވެ.

މި ފަހަރު ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލީ 500 ސްޓޫޑަންޓް ލޯނުގެ ފުރުސަތެވެ.

މި ފަހަރުގެ ފުރުސަތުގެ ދަށުން ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް އިސްކަން ދޭން ނިންމާފައިވެއެވެ. އަދި ޑިޕްލޮމާއިން ފެށިގެން ޕީއެޗްޑީ ފެންވަރަށް ކިޔަވަން ލޯނު ސްކީމުގައި ހިމަނާފައި ވެއެވެ.