ކުކުޅު ބިހުން ސިއްހީ ގޮތުން އެތައް ފައިދާއެއް ލިބެއެވެ. ހުދު ކުލައިގެ ބިހާއި މުށި ކުލައިގެ ބިސް ހުންނައިރު، މި ދެ ކުލައިގެ ބިހުގައި ހިމެނޭ މާއްދާތަކުގައި ތަފާތެއް ހުރެދާނެތޯ މިއީ އުފެދިދާނެ ސުވާލެކެވެ.

ބައެއް މީހުން ދެކޭ ގޮތުގައި މުށި ކުލައިގައި ހުންނަ ކުުކުޅު ބިހުން ސިއްހަތަށް މާ ބޮޑަށް ފައިދާ ލިބެއެވެ. އަދި އަނެއް ބައެއްގެ ނަޒަރުގައި، އަނގަޔަށް އެންމެ މީރުވެފައި، އެންމެ ބޮޑަށް ފައިދާ ލިބެނީ ހުދު ކުލައިގައި ހުންނަ ބިހުންނެވެ.

ބިހުގެ ކުލަ ތަފާތުވަނީ ކީއްވެގެންކަން އެނގޭހެއްޔެވެ؟ ސަބަބަކީ ބިސް އަޅާ ކުކުޅުގެ ވައްތަރެވެ. ނުވަތަ ބްރީޑް ތަފާތުވުމެވެ.

މުށި އަދި ހުދު ކުލައިގެ ކުކުޅު ބިހުންވެސް ލަނީ އެއް ރަހައެކެވެ. އަދި މި ދެބާވަތުގެ ބިހުންވެސް އިންސާނާގެ ހަށިގަނޑަށް ފައިދާ ލިބެނީ ހަމަ އެއް މިންވަރަކަށް ކަމަށް ވެއެވެ. ބިހުގެ ކުލަ އާއި ސައިޒުގެ ސަބަބުން، ބިހުން ލިބޭ ފައިދާއަށް ބަދަލެއް ނާދެއެވެ،

އެހެންނަމަވެސް ބައެއް ކަންތައްތަކުގެ ސަބަބުން ބިހުގެ ކޮލިޓީއަށް ބަދަލު އައިސްދާނެއެވެ. އެގޮތުން ކުކުޅު ދިރިއުޅޭ މާހައުލު، މިކަމުގައި މުހިންމު ދައުރެއް އަދާ ކުރެއެވެ. އަވީގައި އުޅެން ދޫކޮށްލާފައި ތިބޭ ކުކުޅުތައް އަޅާ ބިހުގައި ވިޓަމިން ޑީ އެކުލެވިގެންވާ މިންވަރު އިތުރުވުމަކީ މީގެ އެއް މިސާލެވެ.

ނޯޓް: މި ލިޔުމަށް މައުލޫމާތު ނެގީ ހެލްތު ލައިން ޑޮޓް ކޮމްއިންނެވެ.