މަތީގައިވާ ފޮޓޯއިން އެ ފެންނަނީ ދުނިޔޭގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިއެކެވެ. އޭނާ އުފަން ވެފައިވަނީ 1987 ވަނަ އަހަރުގެ ޖޫންމަހުގެ 24 ވަނަ ދުވަހު، އާޖެންޓީނާގެ ރޮސަރިއޯއަށެވެ.

Ads by Asuru

އޭނާއަށް ކުޑައިރު ސިއްހީ މައްސަލައެއް ދިމާވިއެވެ. އެކަމުގެ ސަބަބުން މާބޮޑަށް އިސްކޮޅުން ދިގެއް ނުވިއެވެ.

އޭނާއަށް ދިމާވި މައްސަލަ އަކީ ގްރޯތު ހޯމޯން ޑެފިޝެންސީއެވެ. މި ސިއްހީ ހާލަތުގެ ސަބަބުން އޭނާގެ ނޯމަލް ގްރޯތު ހުއްޓުނީ އުމުރުން 11 އަހަރުގައެެވެ.

މިކަމަށް ފަރުވާ ކުރުމަށް މަހަކު 900 ޑޮލަރު ހަަރަދު ކުރަން ޖެހުނުއިރު، އޭނާގެ މައިންބަައިންގެ ކިބައިގައި އެވަރުގެ ތަނަވަސްކަމެއް އޭރު ނެތެވެ.

ދެންމިވަރުން ފޮޓޯއިން އެ ފެންނަނީ ކާކުކަން އެނގިދާނެެެއެވެ. އާނއެެކެވެ. އެއީ އާޖެންޓީނާގެ ތަރި ލިއޮނެލް މެސީއެވެ.