އިޒްރޭލުން، ފަލަސްތީނުގެ ޣައްޒާ ސިޓީގެ ރަފަހްގައި ދިން ހަމަލާތަކެއްގައި 27 މީހުން ޝަހީދު ކޮށްލައިފިއެވެ.

Ads by Asuru

އަލްޖަޒީރާ ނޫހުން ބުނި ގޮތުގައި، މި ހަމަލާގައި ޝަހީދުވި ގިނަ މީހުންގެ ތެރޭގައި ހިމެނެނީ ކުޑަކުދިންނާއި އަންހެނުންނެވެ.

މި ހަމަލާތައް ދީފައި ވަނީ، ހަނގުރާމަ ހުއްޓާލުމާ ގުޅޭ މަޝްވަރާތަކަށް ހަމާސްގެ ވަފުދެއް މިސްރަށް ދިޔުމަށް ތައްޔާރުވެފައި ވަނިކޮށެވެ.

އިޒްރޭލުން ޣައްޒާގައި ދެމުން އަންނަ ހަމަލާތައް ހުއްޓާލާފައި ނުވާއިރު، ޣައްޒާގެ އަލް-ޖަލާ މަގުގައި މީހުން ދިރިއުޅެމުން ދިޔަ ދެ އިމާރާތެއް ޔަހޫދީ އަސްކަރީ ބާރުން ގޮއްވާލާ މަންޒަރު، މީހަކު ވަނީ ވީޑިއޯ ކޮށްފައެވެ. ރިޕޯޓުތައް ބުނާ ގޮތުގައި، މީހުން ދިރިއުޅޭ ގެތަކަށް ދިން ހަމަލާތަކުގައި 7 މީހަކު ޝަހީދުވިއެވެ.

ޔަހޫދީން ޣައްޒާގައި މި ފަހުން ދޭން ފެށި ހަމަލާތަކުގައި މިހާތަނަށް 34000އަށްވުރެ ގިނަ ފަލަސްޠީނުގެ މީހުން ވަނީ ޝަހީދުކޮށްލާފައެވެ.