ސިވިލް ސަރވިސް ކޮމިޝަން(ސީ.އެސް.ސީ) ގެ މެމްބަރު ކަމަށް ފާތުމަތު ހަބީބާ އައްޔަނު ކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.

Ads by Asuru

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ސީ.އެސް.ސީ އަށް މެންބަރުން އައްޔަނު ކުރުމަށް ފޮނުވާފައިވާ ނަންތަކުގެ ތެރެއިން ދެ ނަމަކަށް ވޯޓަށް އަހާފައެވެ.

އެގޮތުން ފުރަތަމަ ރައްޔިތުންގެ މަޖިލީހުގައި ވޯޓަށް އެހީ އަބްދުލް ހަސީބު އިސްމާއިލަށް ރުހުން ދިނުމަށެވެ. އޭނާ އައްޔަނު ކުރުމަށް ފެންނަ ކަމަށް 18 މެންބަރުން ވޯޓު ދެއްވިއިރު، ނުފެންނަ ކަމަށް 19 މެންބަރުން ވޯޓު ދެއްވިއެވެ.

ހަބީބާގެ ނަން ފާސްވެފައިވަނީ ވޯޓުގައި ބައިވެރިވި 38 މެންބަރުންގެ ވޯޓުންނެވެ.

ހަބީބާ ސިވިލް ސަރވިސް ކޮމިޝަނާ ގުޅިވަޑައިގަތީ 2010 ވަނަ އަހަރުއެވެ. ހަބީބާ ވަނީ ޔުނިވަރސިޓީ ޓެކްނޮލޮޖީ މެލޭޝިއާ އިން މާސްޓަރސް އޮފް ސައިންސް (ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް) ހާޞިލު ކުރައްވާފައެވެ. ސިވިލް ސަރވިސް ކޮމިޝަނާ ގުޅިވަޑައިގަތުމަށްފަހު ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓްގެ ގިނަ މަގާމުތަކެއް ވަނީ ފުރުއްވާފައެވެ.

އޭގެ ތެރޭގައި ޑިރެކްޓަރ މަގާމުގެ އިތުރުން، އެކްޓިންގ ސީ.އީ.އޯ އަދި ލެކްޗަރަރއެއްގެ މަގާމު 4 އަހަރުވަންދެން ހަބީބާ ވަނީ އަދާކުރައްވާފައެވެ.