އުރީދޫ މޯލްޑިވްސް ޓިކްޓޮކް އާއެކު ސްޓްރެޓީޖިކް ޕާޓްނަރޝިޕެއްގައި ސޮއިކުރެވުނުކަން އިއުލާނުކޮށްފިއެވެ.

Ads by Asuru

މި ޕާޓްނަރޝިޕާއެކު އުރީދޫއިން ވަނީ، ރަސްމީކޮށް ޓިކްޓޮކަށް ރާއްޖެއަށް މަރުހަބާ ކިޔައިފައެވެ.

މި ޕާޓްނަރޝިޕް އިއުލާނުކުރެވުނީ ރޭ އުރީދޫ ހެޑްކުއާޓާސްގައި ބޭއްވުނު އިވެންޓުގައެވެ.

މިއާއެކު ރާއްޖޭގައި ޓިކްޓޮކް ބޭނުންކުރާ ފަރާތްތަކުގެ ތަޖުރިބާ އިތުރަށް ފުރިހަމަވެ އިތުރު ފުރުސަތުތައް ހުޅުވިގެންދާނެ ކަމަށް އުރީދޫން ބުނެއެވެ.

އުރީދޫ މޯލްޑިވްސްއަކީ ކަސްޓަމަރުންނަށް އާކަންކަން އަދި އީޖާދީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ރާއްޖޭގައި އެންމެ ކުރީ ސަފުގައި ގުނާލެވޭ އެއް ކުންފުންޏެވެ.

އުރީދޫ ނެޓްވާރކުގައި ޓިކްޓޮކް ބޭނުންކުރާފަރާތްތަކަށް ހަލުވި ސްޕީޑުގައި ޓިކްޓޮކް ބޭނުންކުރުމާއި، ސްޓްރީމް ކުރުމާއި، ޝެއަރކޮށް އަދި ކޮންޓެންޓް އުފެއްދުމުގައި އިތުރު ފަސޭހަތައް ވެގެންދާނެއެވެ.

ހަމަމިއާއެކު، އުރީދޫއިން ޓިކްޓޮކަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ޕެކްތަކެއްވެސް މި އިވެންޓްގައި ވަނީ ލޯންޗްކޮށްފައެވެ. ރާއްޖޭގައި މިހާރު އުފެދިފައިވާ އަދި އުފެދެމުންދާ ކޮންޓެންޓް އުފައްދާ ފަރާތްތަކަށް މި ޕެކްތަކުގެ ސަބަބުން އިތުރު ލުއިތަކެއް ލިބިގެންދާނެކަން ޔަގީންކުރާ ކަމަށް އުރީދޫން ބުނެއެވެ.

”އުރީދޫއާއި ޓިކްޓޮކްގެ މި ޕާޓްނަރޝިޕަކީ އުރީދޫ ކަސްޓަމަރުންނަށްޓަކައި ފޯރުކޮށްދެމުންދާ އީޖާދީ ހިދުމަތްތަކާއި ޒަމާނީ ސޮލިއުޝަންތަކަށް އިތުރުކުރެވޭ ބޮޅެކެވެ.“ ހާލިދު އަލް-ހަމާދީ، ސީއީއޯ، އުރީދޫ މޯލްޑިވްސް.

އޭނާ އިތުރަށް ވިދާޅުވީ ޓިކްޓޮކާއި އެކު، އުރީދޫގެ ކަސްޓަމަރުންނަށް ކޮންޓެންޓް އުފެއްދުމަށާއި، އެކަކު އަނެކަކާއި އޮންނަ ގުޅުން ބަދަހިކޮށް، އާކަންތައްތައް ހޯދުމުގައި އުރީދޫ ނެޓްވާރކް މެދުވެރިކޮށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެ ކަމަށެވެ.