ދިވެހިން ތަފާތު އެކި ކެއުންތައް ތައްޔާރު ކުރުމުގައި ބޭނުންކުރާ ލޮނުމެދަކީ ސިއްހީ ގޮތުން ވަަރަށް ގިނަ ފައިދާތަކެއް ލިއްބައިދޭ އެއްޗެކެވެ. ނުބައިވަހެއް ދުވިއެއް ކަމަކު މިއީ ނުކައި ދޫކޮށްލެވެން އޮތް އެއްޗެއް ނޫނެވެެ.

Ads by Asuru

އެނގޭ ހެއްޔެވެ؟ ލޮނުމެދަކީ ސިއްހީ ގޮތުން ވަަރަށް ފައިދާ ހުރި އެއްޗެކެވެ.

ސިއްހީ ތަޖުރިބާކާރުން ދޭ އިރުޝާދަކީ ކޮންމެ ދުވަހެއްގެ ކެއުމުގެ ތެރޭގައި ވެސް ލޮނުމެދު ހިމެނުމެވެ.

ލޮނުމެދު ގަވައިދުން އާންމުކޮށް ބޭނުން ކުރާ ނަމަ ހާޓް އެޓޭކެއް ޖެހާއި ސްޓްރޯކް ފަދަ ކުއްލި ނުރައްކާތެރި ހަމަލާއަކުން ސަލާމަތް ވެވިދާނެ ކަމަށް ބައެއް ސިއްހީ ލިޔުންތަކުގައިވެެެއެވެ.

ލޮނުމެދަކީ ކޮލެސްޓްރޯލް ކޮންޓްރޯލްކޮށްދޭ އެއްޗެެވެ. ހާއްސަކޮށް ކޮލެސްޓްރޯލްގެ މައްސަލަަތައް ހުންނަ ބޮޑެތި މީހުން ލޮނުމެދު ކެއުމަކީ ސިއްހީ ގޮތުން ވަަރަށް ފައިދާ ހުރި ކަމެކެވެ.

ލޭގެ ޕްރެޝަރު ކޮންޓްރޯކޮށް ދޭން ވެސް ލޮނުމެދަކީ އަޖައިބެއް ކަހަލަ އެހީތެރިއެކެވެ.

ޕްރޮސްޓޭޓް ކެންސަރާއި ބަނޑުގެ ކެންސަރުން ރައްކާތެރިވުމުގެ ގޮތުން ވެސް ލޮނުމެދު ކެއުމުގެ ތެރޭގައި ހިމަނަން ކޮންމެހެން ވެސް ޖެހެއެވެ.

ހުން އައުމާއި އަރިދަފުސް ރޯގާ ޖެހުމުން ލޮނުމެދަކީ ފަރުވާ އަށް ބޭނުން ކުރެވިދާނެ އެއްޗެކެެވެ. ލޮނުމެދު ސަޕްލިމަންޓަކީ މިފަދަ އާދައިގެ ސިއްހީ މައްސަލަތަކަށް ތައްޔާރުކޮށް، ފާމަސީތަކުން ފަސޭހަކަމާ އެކު ލިބެން ހުންނަ އެއްޗެކެވެ.

ކެލޮރީޒްގެ މިންވަރަށް ދަށް އެކަމަކު ލޮނުމެދަކީ ވިޓަމިން ސީ، ވިޓަމިން ބީ6 އަދި މެގްގީނިޒައަމް އިން މުއްސަނދިވެފައިވާ އެއްޗެކެވެ. އެހެންވެ މިއީ ސިއްހީ ގޮތުން އެތައް ފައިދާއެއް ލިއްބައިދޭ އެއްޗެކެވެ.