ކުޑަގިރި އަބަދުވެސް އޮންނާނީ، މާލޭގައި އުޅޭ ރައްޔިތުންނަށް ހާއްސަ ތަނެއްގެ ގޮތުގައި ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު، އަދި އެންސްޕާގެ ސީ.އީ.އޯ ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

Ads by Asuru

އެކްސްގައި ޕޯސްޓެއް ކުރައްވައި ހީނާ މިހެން ވިދާޅުވެފައި ވަނީ ކުޑަގިރި ވިއްކާލަން އުޅޭކަމުގެ ވާހަކަތައް ބައެއް މީޑިއާތަކުން ފަތުރަމުންދާ ދަނޑިވަޅެއްގައެވެ.

ހީނާ ވިދާޅުވީ އެ ރަށް އަބަދުވެސް އޮންނާނީ މާލޭގެ ރައްޔިތުންނަށް ހާއްސަ ތަނެއްގެ ގޮތުގައި ކަމަށާއި މިހާރު ހުރި ވަސީލަތްތައް މަދުކަމާއި ހުރިދަތިތަކާގުޅިގެން ލިބެމުންދާ ޝަކުވާތަކަށް ހައްލެއް ހޯދުމުގެ ގޮތުން ކުޑަގިރި މިހާރަށްވުރެ ފުރިހަމައަށް ރައްޔިތުންނަށް ހިދުމަތް ލިބޭ ގޮތަށް ސަރުކާރުން ތަރައްގީ ކުރާނެ ކަމަށެވެ.

ކުޑަގިރި ހުޅުވީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހުއެވެ. އެއީ މާލެއާ 15 ވަރަކަށް މިނެޓު ރާސްތާއެއްގައި އޮތް ބަންގަލް ފަޅުގައި ހެދި 8.5 ހެކްޓަރުގެ ރަށެކެވެ.