ވެރިރަށް މާލޭގައި ވަރަށް އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވައި ފެނުނު، އުމުރުން އެންމެ 22 އަހަރުގެ ޝިއާއު މުހައްމަދު ސައީދުގެ ޖަނާޒާ، އޭނާގެ އުފަން ފަސްގަނޑު ކަމުގައިވާ ފުވައްމުލަކު ސިޓީގައި ކުރިއަށްގެންދަން ހަމަޖައްސައިފިއެވެ.

އެނގިފައިވާ ގޮތުގައި ޝިއާއުގެ ޖަނާޒާ ފުވައްމުލަކުގައި ބާއްވަނީ އޭނާގެ އާއިލާއިން އެދޭތީއެވެ. ޝިއާއުގެ ހަށިގަނޑު ފުވައްމުލަކަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރުއެވެ.

ޕޯސްްޓްމޯޓަމް ހެދުމަށްފަހުގައި އޭނާގެ ހަށިގަނޑު މިރޭ ވަނީ މާލެ ގެނެސްފައެވެ.

ޝިއާއުގެ މަރުގެ މައްސަލައިގައި ހައްޔަރު ކުރީ ރާއްޖޭގެ މަޝްހޫރު ސްކޭޓަރު އަލީ ޝާހިލްއެވެ. އޭނާގެ އުމުރަކީވެސް 22އެވެެ. މި މައްސަަލައިގައި ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ޝާހިލް ކުށުގެ ވެށިން ހައްޔަރު ކުރި ނަމަވެސް، އަދި އޭނާ ކުށަށް އިއުތިރާފު ވެފައި ނުވާ ކަމަށް ބުނެފައެވެ.

އަދި ހައްޔަރު ކުރިއިރު ޝާހިލް ހުރީ މަސްތުގެ ހާލަތުގައި ކަަމަށްވެސް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.