ހުޅުމާލެ ފޭސް އެކެއްގައި، ކާރަކާއި ބަހަކާއި ވޭނެއް ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.

Ads by Asuru

ފުލުހުން ބުނީ ހުޅުމާލެ ރީތި ގަސް މަގުގައި، ކާރަކާއި ވޭނަކާއި އެމްޓީސީސީ ބަހެއް ޖެހި އެކްސިޑެންޓު ވެފައިވާ ކަމަށް މިރޭ 8:30 ހާއިރު ފުލުހުންނަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

މި އެކްސިޑެންޓުގައި ހިމެނޭ ކާރު ދުއްވި މީހާއަށް ޓްރީޓޮޕް ހޮސްޕިޓަލުން ފަރުވާ ދިނެވެ. ނަމަވެސް އޭނާއަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ، މި މައްސަލަ އިތުރަށް ބަލަމުން އަންނަ ކަމަށެވެ.