ރާއްޖެއިން އެންމެ ހަފްތާއެއްގެ ތެރޭގައި ޗިކުންގުންޔާގެ 117 ކޭސް ފެނިއްޖެއެވެ.

Ads by Asuru

ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން ބުނީ، މިދިޔަ މަހުގެ 28 ވަނަ ދުވަހުން މިމަހުގެ ހަތަރުވަނަ ދުވަހުގެ ނިޔަލަށް ޗިކުންގުންޔާގެ 117 ކޭސް ފެނިފައިވާ ކަމަށެވެ.

އެޗްޕީއޭއިން ބުނީ މުޅި ރާއްޖެއިން މިހާތަނަށް ޗިކުންގުންޔާގެ 240 ކޭސްއެއް ފެނިފައި ކަމަށެވެ.
މިދިޔަ މަހުގައި ޗިކުންގުންޔާގެ 117 ކޭސް އެއް އަދި މިމަހުގެ މިހާތަނަށް ޗިކުންގުންޔާގެ 58 ކޭސް ވަނީ ފެނިފައެވެ.

އެ ބަލީގެ ކޭސްތައް އެންމެ ގިނައިން ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ.

އެގޮތުން މާލެއިން 193 ކޭސް އަދި ހުޅުމާލެއިން ވަނީ ޗިކުންގުންޔާގެ 40 ކޭސް ފެނިފައެވެ.

ހއ. އަތޮޅުން ދެ ކޭސް ފެނިފައިވާ އިރު، ށ. އަތޮޅު، ބ. އަތޮޅު އަދި ލ. އަތޮޅުން ވަނީ ޗިކުންގުންޔާގެ އެއް ކޭސް ފެނިފައެވެ.

ޗިކުންގުންޔާއަކީ ޑެންގީ ހުން ފަތުރާ އީޑީސް މަދިރިން ފެތުރޭ ވައިރަލް ހުމެކެވެ.