މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ބައެއް ސަރަހައްދުތަކަށް ހުދު ސަމާލު ނެރެފިއެވެ.

Ads by Asuru

މޫސުމާއި ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ހުދު ސަމާލު ނެރެފައި ވަނީ ށ އަތޮޅުން ފެށިގެން ކ. އަތޮޅަށެވެ.

އެސަރަހައްދަށް ހުދު ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 9:00 އިން ފެށިގެން މެންދުރު ފަހު 15:00 އާއި ހަމައަށެވެ.
މެޓުން ބުނީ މި ވަގުތުތަކުގައި ބޯކޮށް ވާރޭވެހުމާއި އެކު ގުގުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
މި ދުވަސްވަރަކީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވިއްސާރަ ކުރަމުން އަންނަ ދުވަސްވަރެކެވެ.