ރައްޔިތުންްގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ހެނދުނު ރާއްޖެ ވަޑައިގެންފިއެވެ.

Ads by Asuru

ރަސްމީ ދަތުރުފުޅެއްގައި ރައީސް ނަޝީދު ވަނީ މިދިޔަ މަހުގެ 22 ވަނަ ދުވަހު ސީޝެލްސްއަށް ވަޑައިގެންފައެވެ.

ރައީސް ނަޝީދުގެ މި ދަތުުރުފުޅަކީ ސީޝެލްސްގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސްގެ ދަައުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ. އެ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު އެމަނިކުފާނު ރާއްޖެ ވަޑައިގެން ދެން ވަޑައިގެންނެވީ އިނގިރޭސިވިލާތަށެވެ.

އެގައުމުގައި ހުންނަވަނިކޮށް ނަޝީދުގެ ފޯނު ވަނީ ފޭރިގެންފައި ކަމަށް ވަނީ މައުލޫމާތު ދީފައެވެ.