ސިވިލް ކޯޓަށް ފަނޑިޔާރަކު ހޯދަން އިއުލާންކޮށްފިއެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ކުރި އިއުލާނެއްގައި  ވަނީ ސިވިލް ކޯޓުގެ ގާޒީގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.

މި މަގާމުގެ އަސަސީ މުސާރަ އަކީ، މަހަކު 30,000 ރުފިޔާއެވެ. ލިވިންގ އެލަވަންސްގެ ގޮތުގައި 15,000 ރުފިޔާ އަދި ރިސްކު އެލަވަންސްގެ ގޮތުގައި މަހަކު 1،650 ރުފިޔާ ލިބޭނެއެވެ. އަދި މެޑިކަލް އިންޝިއުރަންސާއި ފޯން އެލަވަންސް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގެ މަތިން ލިބޭނެއެވެ.

ސިވިލް ކޯޓުން ފަނޑިޔާރަކު ހޯދުމަށް އިއުލާންކޮށްފައިވާއިރު، އެމަގާމުގައި ހުންނެވި އަލްއުސްތާޛު ޒުބައިރު މުހައްމަދު އިސްތުއުފާދެއްވާފައި ވަނީ މިދިޔަ މަހުގެ 19 ވަނަ ދުވަހުއެވެ.

ފަހަކަށް އައިސް ފަނޑިޔާރުން މަގާމުން އިސްތިއުފާ ދެއްވުން ވަނީ އިތުރުވެފައެވެ. .