މިއަދު އެކަނި ވެސް ވައްކަމުގެ ތިން މައްސަލައެއް ފެންމަތިވެއްޖެއެވެ.

Ads by Asuru

ފުލުހުން ބުނީ، މާލޭގެ އަބަދަށްފެހި މަގުގައި ހުރި ނިއުލައިން ފިހާރައިން ވައްކަން ކުރި މައްސަލައެއް މިއަދު ހެނދުނު 7:54 ހާއިރު ހުށަހަޅާފައިވާ ކަމަށެވެ.

އަދި އެ މަގުގައި ހުރި ބޭސް ފިހާރައަކުން ވައްކަން ކުރި މައްސަލައެއް މިއަދު ހެނދުނު 8:30ގައި ފުލުހުންނަށް ވަނީ ހުށަހަޅައިފައެވެ.

މީގެ އިތުރުން، ނޯތު ހާބަރުގައި އޮތް ބޯޓަކުން 10 ގޭސްފުޅި ވަގަށް ނެގި މައްސަލައެއް ވެސް، ފުލުހުންނަށް ވަނީ ހުށަހަޅާފައެވެ.

ފުލުހުން ބުނީ، މި މައްސަލަތަކުގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށެވެ.