ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އަތްޕުޅުގައި، އެމަނިކުފާނުގެ ވަރަށް ގިނަ ފޮޓޯތައް ހުންނާނެ ކަަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. މީގެ ކުރިން ރައީސް ނަޝީދު ވަނީ، ރައީސް ސޯލިހު އަންހެން ކުއްޖަކާއެކު ޒިނޭ ކުރާ މަންޒަރު ހަތަރު ފޮޓޯ އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ކަމަށް ވިދާޅުވެފައެވެ.

މިކަމާ ގުޅޭގޮތުން މިއަދުގެ ނޫސްވެރިޔަކު ސުވާލު ކުރުމުން ނަޝީދު ވަނީ ރާގު ބަދަލު ކުރައްވައި، އެމަނިކުފާނުގެ އެތައް ފޮޓޯއެއް، ރައީސް ސޯލިހުގެ އަތްޕުޅުގައިވެސް ހުންނާނެ ކަަމަށް ވިދާޅުވެފައެވެ.

އަޅުގަނޑުމެން އުޅެ ބޮޑުވީ އެއްކޮށް. އަޅުގަނޑުމެންގެ ފޮޓޯ، އެކަކު އަނެކަކު އަތު ނެތިއެއް ނުހުންނާނެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ، ރައީސް ސޯލިހަކީ އެމަނިކުފާނުގެ ގާތް މިތުރަކަށްވުމާއެކު، ދެބޭފުޅުންގެ ފޮޓޯ އަލްބަމެއްވެސް އެބައޮތް ކަމަށެވެ. ނޫސްވެރިން ތަކުރާރުކޮށް ސުވާލު ކުރުމުންވެސް، ”ހަތަރު ފޮޓޯ“އާ ގުޅޭގޮތުން ރައީސް ނަޝީދު އިތުރު ވާހަކައެއް ނުދައްކަވައެވެ.

ރައީސް ސޯލިހުގެ ފޮޓޯ ހުރި ކަމަށް ވިދާޅުވެ، ނަޝީދު ދެއްކެވި ވާހަކަ ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ދޮގު ކުރެއްވިއިރު، އެ މައްސަލައިގެ މިނިވަން ތަހުގީގެއް ހިންގުމަށް އިދިކޮޅު ފަރާތްތަކުން ގޮވާލިއެވެ.