ހިދުމަތުގެ އެންމެ ކުރީ ސަފުގައި ތިބެ ނަރުހުން އަދާކުރަނީ ގައުމީ ވާޖިބެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ނަރުހުންގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓުގައެވެ.
ރައީސް ވިދާޅުވީ، ނަރުހުން ހިދުމަތުގެ އެންމެ ކުރީ ސަފުގައިތިބެ އަދާކުރަނީ ޤައުމީ ވާޖިބެއްކަމަށެވެ.
އަދި އެއީ އިންސާނިއްޔަތުކަމުގެ އަގުހުރި ޒިންމާއެއް ކަމުގައި ވިދާޅުވިއެވެ.
— Dr Mohamed Muizzu (@MMuizzu) May 12, 2024
ކޮންމެ އަހަރެއްގެ މޭ މަހުގެ 12 ވަނަ ދުވަސް ފާހަގަކުރަނީ ދުނިޔޭގެ ނަރުހުންގެ ދުވަހުގެ ގޮތުގައެވެ. މިއީ ނަރުހުންގެ ހިދުމަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން ފާހަގަކުރާ ދުވަހެކެވެ.