މާޗު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މެއި 10 މެއިގެ ނިޔަލަށް ރާއްޖެ އެތެރެކުރަން އުޅުނު 22 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައިވާކަމަށް ޑެޕިއުޓީ ކޮމިޝަނަރ އޮފް ކަސްޓަމްސް އިބްރާހިމް އަފާޒް ވިދާޅުވެއްޖެއެވެ.

Ads by Asuru

އޭނާ މިހެން ވިދާޅުވީ ކަސްޓަމްސްއާއި ހޯމް މިނިސްޓްރީ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

އެގޮތުން އަފާޒް ވިދާޅުވީ އެކެއް މާޗުން ފެށިގެން 10 މެއިގެ ނިޔަލަށް ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު 12 މީހަކު ހިފަހައްޓާފައިވާކަމަށެވެ.

އަދި އެމީހުންގެ އަތުން 22 ކިލޯގެ މަސްތުވާތަކެތި ފެނިފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

”މިތަކެއްޗަކީ ވިޔަފާރި ކުރެވުނު ނަމަ 35 މިލިއަން ރުފިޔާގެ ސްޓްރީޓް ވެލިއު ހުރި ތަކެތި.“ އިބްރާހިމް އަފާޒް ވިދާޅުވިއެވެ.

އޭނާ ވަނީ ރާއްޖެއިން ބޭރަށް ދާއިރު ނުދަން މީހުންދޭ ޕެކޭޖްތަކާއި ހަވާލުނުވުމަށް އިލްތިމާސް ކުރައްވާފައެވެ.

އަދި ދަންނަ މީހަކު ހަވާލުކުރާ ޕެކޭޖްތައް ގެންނައިރުވެސް ގެނެވެނީ ކޯޗެއްކަން ބެލުމަށް އެދިލެއްވިއެވެ.