މާލޭގެ ކެފޭއެއްގައި، ދުން ހޮޅިން ދުން ލީކުވެ، ހަތް މީހަކަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުން އެބަދެއެވެ.

Ads by Asuru

ފުލުހުން ބުނީ ބޮޑުރަސްގެފާނު މަގުގައި ހުރި ކެފޭއެއްގެ ބަދިގޭގެ ދުންހޮޅިން ބަދިގެ ތެރެއަށް ދުން ލީކްވެ ހަތް މީހުން އަނބުރައިގަނެގެން އައިޖީއެމްއެޗް އަށް ގެންގޮސްފައިވާ ކަމުގެ މައުލޫމާތު ލިބުނީ މިއަދު ހެނދުނު ހައެއް ޖަހާކަން ހާއިރު ކަމަށެވެ.

އެމީހުންގެ ތެރޭގައި ހިމެނެނީ ސްރީލަންކާ މީހަކާއި އިންޑިއާ މީހަކާއި ބަންގްލަދޭޝް ދެ މީހުންގެ އިތުރުން ނޭޕާލް ތިން މީހުންނެވެ.

ފުލުހުން ބުނީ، އެމީހުންގެ ތެރެއިން އެކަކަށް މިހާރު ފަރުވާ ދެނީ އޭޑީކޭ ހޮސްޕިޓަލްގައި ކަމަށެވެ.

”އެއްވެސް މީހެއްގެ ހާލު ސީރިއަސްއެއް ނޫން،“ ފުލުހުން ބުންޏެވެ.

ފުލުހުން ދަނީ މި ހާދިސާއާއި ގުޅިގެން، ބަލަން ޖެހޭ ކަންކަން ބަލަމުންނެވެ.