ފޮރިން މިނިސްޓަރު މޫސާ ޒަމީރު ގަތަރަށް ކުރެއްވި ރަސްމީ ދަތުރުގެ ތެރެއިން، އެ ގައުމުގެ ބޮޑުވަޒީރު އަދި އެ ގައުމުގެ ފޮރިން މިނިސްޓަރު މުހައްމަދު ބިން އަބްދުއްރަހްމާން އަލް ތާނީއާ ބައްދަލުކުރައްވައިފިއެވެ.
ގަތަރުގެ ބޮޑުވަޒީރާ ބައްދަލުކުރައްވައި މިނިސްޓަރު ޒަމީރު ވަނީ ރާއްޖެއާއި ގަތަރުގެ ގުޅުން އިތުރަށް ބަދަހި ކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފައެވެ.
ޒަމީރު ވަނީ ރާއްޖޭގެ އިގުތިސޯދަށް ގަތަރުން ފޯރުކޮށްދޭ އެހީތެރިކަމަށް ޝުކުރު ވެސް އަދާކުރައްވައިފައެވެ.
ފޮރިން މިނިސްޓްރީން ބުނީ އެ ބައްދަލުވުމުގައި ޒަމީރު ވަނީ ދުނިޔޭގެ ކަންބޮޑުވުން ހުރި ކަންކަމާ ގުޅޭ ފޯރަމްތަކުގައި މަޝްވަރާކޮށްގެން ކަންކަަން ހައްލުކުރުމާ މެދު ވެސް ދެ ގައުމުގެ މެދުގައި މަޝްވަރާކޮށްފައި ކަމަށެވެ.
އަދި އިޒްރޭލުން، ގާޒާގައި ދެމުންދާ ހަމަލާތަކާ ގުޅިގެން ޣައްޒާއަށް ގަތަރުން ދޭ އެއްބާރުލުމާއި އެހީތެރިކަމުގެ އަގު ރާއްޖޭގެ ފަރާތުން ޒަމީރު ވަނީ ވަޒަން ކުރައްވާފައި ކަމަށް މިނިސްޓްރީން ބުންޏެވެ.