މާލޭގެ ގެއެއްގެ ތެރޭގައި، ނިޔާވެފައި ވަނިކޮށް މިއަދު ފެނުނީ، އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުނެފިއެވެ.

Ads by Asuru

ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން މިއަދު ކުރިން ވިދާޅުވީ، ބަނޑޭރިކޮށި ގެއެއް ޗެކު ކުރި ކުރުމުގައި، ނިޔާވެފައޮވާ ފިރިހެނަކު ފެނިފައިވާ ކަމަށެވެ.

އަދި ސީންގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މީހާ ނިޔާވެފައި އޮއްވާ ފެނުނު ގޭގައި އެއްވެސް މީހަކު ނޫޅޭކަން ފުލުހުން ވަނީ ހާމަކޮށްފައެވެ. މި މައްސަލަ ފުލުހުން އަންނަނީ ބަލަމުންނެވެ.