ފޮރިން މިނިސްޓަރު މޫސާ ޒަމީރު ގަތަރަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފިއެވެ.

Ads by Asuru

މިނިސްޓަރުގެ މި ދަތުރަކީ ދެ ގައުމުގެ ގުޅުން ބަދަހި ކުރެއްވުމަށް ކުރެއްވި ދަތުރެކެވެ.

ިމި ދަތުރުގައި ފޮރިން މިނިސްޓަރު ވަނީ ގަތަަރުގެ ބޮޑުވަޒީރު އަދި ފޮރިން މިނިސްޓަރު މުހައްމަދު ބިން ޖާސިމާއި ބައްދަލުކުރައްވައި، މުހިއްމު މަޝްވަރާތަކެއް ކުރައްވާފައެވެ.

އެގޮތުން ދެ ގައުމުން، އެކި ދާއިރާތަކުން ގުޅިގެން މަސައްކަތްކުރުމާއި ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ޒަމީރު ވަނީ ރާއްޖޭގެ އިޖްތިމާޢީ އިޤްތިޞާދީ ގުޅުމަށް ގަތަރުގެ ފަރާތުން ދެއްވާ އެއްބާރުލުމަށް ޝުކުރުވެސް އަދާ ކުރައްވާފައެވެ.

މީގެއިތުރުން ފަލަސްތީނުގެ މައްސަލާގައި ސުލްހަ ގާއިމް ކުރުމަށް ގަތަރުން ކުރަމުންދާ މަސައްކަތްތަކަށް ފޮރިން މިނިސްޓަރު ވަނީ މަރުހަބާ ވިދާޅުވެފައެވެ.

ފޮރިން މިނިސްޓަރުގެ މި ދަތުރުފުޅުގައި އެ ވުޒާރާގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.