އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ރަސްމީ ދަތުރެއްގައި އިނގެރޭސިވިލާތަށް ވަޑައިގެންފިއެވެ.

Ads by Asuru

އިކޮނޮމިކް މިނިސްޓްރީން މިއަދު ބުނީ މިނިސްޓަރު ސައީދުގެ އެ ދަތުރުގައި ރާއްޖޭގެ އިގުތިސާދީ އަދި އިޖުތިމާއީ ކުރިއެރުމަށް މުހިންމު ވިޔަފާރީގެ ބާޒާރެއް ގާއިމުކުރުމަށްޓަކައި އެގައުމުގެ ވބައިވެރިންގެ އެހީތެރިކަން ހޯދުމަށް މަޝްވަރާ ކުރައްވާނެ ކަމަށެވެ.

މިގޮތުކް މޯލްޑިވްސް އިންޓާނޭޝަނަލް ފައިނޭންޝަލް ސާވިސް އޮތޯރިޓީއާއި ޑިވެލޮޕްމަންޓް ބޭންކްގެ ތަރައްގީއާ ގުޅޭ ގޮތުން ވެސް މިނިސްޓަރު މަޝްވަރާ ކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރުގެ ދަތުރުގައި ޔޫކޭގެ ވިޔަފާރީގެ ހިދުމަތްތަކާއެކު ރަސްމީ މަސައްކަތުގެ ގުޅުން ގާއިމުކުރުމަށް ހަމަޖެހިފައިވާ ކަމަށާއި، ގާނޫނީ އޮނިގަނޑާއި ވިޔަފާރީގެ ދާއިރާގެ އިންފްރާސްޓްރަކްޗާ އަދި ވޯލްޑް ކްލާސް ގަވާނެސް ތަރައްގީކުރުމާއި ރާއްޖޭގައި ބައިނަލްއަގުވާމީ މާލީ މަރުކަޒުތައް ގާއިމުކުރުމަށްޓަކައި ސްޓްރެޓެޖީއާއި އޮޕަރޭޝަން ފްރޭމްވޯކް ގާއިމުކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް މައުލޫމާތު ދެއެވެ.