ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައި މާލެއިން އަލަށް ރަޖިސްޓްރީވުމަށް ހުޅުވާލުމަށް ނިންމާފައިވާ ކަމަށް މޯލްޑިވްސް ޒަކާތު ހައުސް އިން ބުނެފިއެވެ.

Ads by Asuru

ޒަކާތު ހައުސް އިން މިއަދު ބުނީ މާލެ ސިޓީން ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައި އަލަށް ރަޖިސްޓްރީވާން ބޭނުންވާ ފަރާތްތަކަށް އަންނަ އާދިއްތަ ދުވަހު ފުރުސަތު ހުޅުވާލާނެ ކަމަށާއި  ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:30އިން މެންދުރުފަހު 12:00ގެ ނިޔަލަށް ފޯމު ހުށަހެޅޭނެ ކަމަށެވެ.

މި އަހަރުގެ ފިތުރު ޒަކާތުގެ ފައިސާ ލިބިފައިވާ މީހުންގެ ތެރެއިން ހާލަތު ބަދަލުވުމުގެ ސަބަބުން ދަފުތަރުން އުނިވެފައިވާކަން އަންގާފައިނުވާ މީހުންނަކީ ވެސް ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައި ހިމެނޭ މީހުން ކަމަށް ޒަކާތު ހައުސްގެ އިއުލާނުގައި ވަނީ ބުނެފައެވެ.

އަދި އެ މީހުން ދަފުތަރުގައި އަލަށް ރަޖިސްޓްރީވުމަށް ފޯމު ހުށަހަޅަން ނުޖެހޭނެ ކަމަށް ވަނީ ޒަކާތު ހައުސްއިން ބުނެއެވެ.

މި ދަފުތަރުގައި ރަޖިސްޓްރީވާން ބޭނުންވާ ފަރާތްތަކުން ހުށަހަޅާ ފޯމު އެ އިދާރާގެ ކައުންޓަރުންނާއި އިދާރާގެ ވެބްސައިޓް މެދުވެރިކޮށް ލިބެން ހުންނާނެއެވެ.