މޯލްޑިވްސް ޑިވެލޮޕްމެންޓް ބޭންކުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް އިންގިލާބެއްް އަންނާނެ ކަމަށާއި، އެއީ ތާރީހީ ކުރިއެރުމެއް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

Ads by Asuru
ރައީސް ޑރ.މުހައްމަދު މުއިއްޒު ވަނީ ”ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑް“ ގެ ނަމުގައި ދިވެހި ސަރުކާރުގެ ސައްތައިންސައްތަ ހިއްސާ އެކުލެވިގެންވާ، ސަރުކާރުގެ ކުންފުންޏެއް އުފައްދަވާފައެވެ.

އެކަމާ ގުޅިގެން މަރުހަބާ ވިދާޅުވެ، ވަޒީރު ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޑިވެލޮޕްމަންޓް ބޭންކް އުފެއްދުމަކީ ތާރީހީ ކުރިއެރުމެއް ކަމަށެވެ.

އަދި އެ ބޭންކުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް އިންގިލާބެއް އަންނާނެ ކަަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑަކީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދެމެހެއްޓެނިވި އިގްތިސާދީ އަދި އިޖުތިމާއީ ތަރައްގީއަށް އިންވެސްޓުކުރުމާއި، އުމްރާނީ ތަރައްގީއަށް ބޭނުންވާ ފައިސާ ހޯދުމާއި، ސިންޑިކޭޝަން ފައިނޭންސް މެދުވެރިކޮށް ޕީއެސްއައިޕީ މަޝްރޫއުތަކަށް ފައިސާ ފޯރުކޮށްދިނުމުގައި ދިމާވާ ގޮންޖެހުންތައް ހައްލުކުރުމާއި، ރާއްޖޭގެ ބޭންކިން ނިޒާމުގައި ބޭރު ފައިސާ ބެހެއްޓުމުގެ ޝައުގުވެރިކަން އިތުރުކުރުމުގެ ބޭނުމުގައި އުފެއްދެވި ކުންފުންޏެއް ކަމަށް ސަރުކާރުން ބުނެއެވެ.