ސިނަމާލެ ބްރިޖާއި ހައިވޭގައި ހެލްމެޓް ނާޅައި ސައިކަލު ދުއްވި ދެ ޒުވާނަކު ފުލުހުން ޖޫރިމަނާކޮށްފިއެވެ.

Ads by Asuru

އިއްޔެ ރޭ އިރާކޮޅުގެ ވަގުތު، މާލެއިން ހުޅުމާލެއަށް ދިޔަ ދެ ޒުވާނަކު ހެލްމެޓް ނާޅައި ބާރު ދުވެލީގައި ސައިކަލު ދުއްވަމުން ދިޔަ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރު ވިއެވެ.

އެ ވީޑިއޯއިން ފެންނަ ޒުވާން ފިރިހެނަކާއި އަންހެނެކެވެ.

މި މައްސަލައާއި ގުޅިގެން ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު ޝިފާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސޯޝަލް މީޑިއާގައި ދައުވަމުންދާ އެ ޕޯސްޓްގައި ހިމެނޭ ދެ މީހުންނާއި މެދު ފުލުހުންވަނީ ފިޔަވަޅު އަޅާފައި ކަމަށާއި، އެ ދެ މީހުން ޖޫރިމަނާކޮށްފައިވާ ކަމަށެވެ.

މަގުމަތީގެ ރައްކާތެރިކަމަށް ކޮންމެ ފަރުދަކުވެސް އެއްބާރުލުން ދިނުމަކީ މަގުގެ އަމާންކަމަށް ކޮށްދެވޭ އަގުހުރި ހިދުމަތަކަށްވާނެ ކަމަށް ޝިފާން ވިދާޅުވެފައިވެއެވެ.