މޫސުން ގޯސް ވާނެ ކަމަށް ލަފާ ކުރެވޭތީ، ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ރީނދޫ އެލާޓް ނެރެފިއެވެ.

Ads by Asuru

މޫސުމާއި ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ރީނދޫ އެލާޓް ނެރެފައިވަނީ ބ. އަތޮޅުން ފެށިގެން އައްޑޫސިޓީއާއި ދެމެދަށެވެ.

މި ސަރަހައްދަށް ރީނދޫ އެލާޓް ނެރެފައިވަނީ ހެނދުނު 10:00 އިން މެންދުރު 02:00 އާ ހަމައަށެވެ.

އެލާޓް ނެރެފައިވާ ވަގުތުގައި ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް މެޓް އޮފީހުން ހާމަކޮށްފައިވެއެވެ.