ކުލަ ހެދުމުގައި ތިބި ދެ ފުލުހަކަށް ވަޅިން ބިރު ދެއްކި މައްސަލައެއް ފެންމަތިވެއްޖެއެވެ.

Ads by Asuru

ފުލުހުން ބުނީ، ރޭ 22:00 ހާއިރު، ކުލަ ހެދުމުގައި ތިބި ދެ ފުލުހަކަށް ވަޅިން ބިރު ދައްކައި، މާރާމާރީ ހިންގި މައްސަލައަކާ ގުޅިގެން، ތިން މީހުން ހައްޔަރު ކޮށްފައިވާ ކަމަށެވެ. ހައްޔަރު ކުރީ، ތިން ދިވެހި ފިރިހެނުންނެވެ. އެއީ އުމުރުން 35 އަހަރާއި 39 އަހަރުގެ ދެ މީހުންނެވެ.

ފުލުހުން ބުނީ، އެ ތިން މީހުން ހައްޔަރު ކުރުމުގައި އަމަލު ކުރި ގޮތާއިމެދު ޝަކުވާތަކެއް ލިބިފައިވާތީ، ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަޑްސް ކޮމާންޑް އިން އެކަން ބަލަމުން އަންނަ ކަމަށެވެ.

މި މައްސަލަ، ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.