ގދ. އަތޮޅުގެ ރެފްލްސް މޯލްޑިވްސް މެރަދޫ ރިސޯޓުން އިއްޔެ ކަޔަކުގައި މޫދަށް ފޭބި މީހާ ފެނިއްޖެއެވެ.

Ads by Asuru

ފުލުހުން ދެންމެ ބުނީ، އެ އަތޮޅު ރިސޯޓަކަށް މިއަދު އޭނާ ގޮސްފައިވާ ކަމަށާއި، އޭނާގެ ހާލު ރަނގަޅު ކަމަށެވެ.

އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާކަން ހާމަކޮށް ފުލުހުން އިއްޔެ ބުނީ، އޭނާ އަކީ ރިސޯޓު ދޯނީގައި މަސައްކަތް ކުރާ ބަންގްލަދޭޝް މީހެއް ކަމަށެވެ.

އެ މީހާ ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ އިއްޔެ މެންދުރު ފަހު 3:30ގައެވެ.

ކަޔަކުގައި މޫދަށް ފޭބި މީހަކު ގެއްލުނުއިރު، ހަތަރު މީހުންނާއިއެކު ދަތުރު ކުރި މުދާ އުފުލާ ދޯންޏެއް ވެސް ވަނީ ގެއްލިފައެވެ. އެ ދޯނި ހޯދަން، ކަނޑާއި ވައިގެ މަގުން ބޮޑު ސަރަހައްދެއް ބެލިއިރު ވެސް ފެނިފައެއް ނުވެއެވެ.