ތިލަމާލެ ބްރިޖުގެ މަސައްކަތުގެ 37.71 އިންސައްތަ މަސައްކަތް ނިންމާލައިފިއެވެ.

އެމްޑިީޕީގެ ވެރިކަން ނިމިގެން ދިޔައިރު، ހަތް ބިލިއަން ރުފިޔާގެ ބްރިޖު މަސައްކަތުގެ 77 އިންސައްތަ މަސައްކަތް ނިމެންޖެެހެއެވެ.
ނަމަވެސް އެކި އެކި ސަބަބުތަކާހުރެ ނިންމިފައިވަނީ 28 އިންސައްތައިގެ މަސައްތެކެވެ.

ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަނީ މި ޕްރިޖެކްޓު އަވަހަށް ކުރިއަށް ގެންގޮސް ހަ މަސްދުވަހުގެތެރޭގައި ނުވަ އިންސައްތަ މަސައްކަތް ނިންމައިފައެވެ.

އެގޮތުން ތަނބުތައް ޖެހުމަށް ޖަހާ 203 ޕައިލިން މަސައްކަތުގެ ތެރެއިން 163 ޕައިލްގެ މަސައްކަތް ނިންމާފައިވާއިރު، އެއީ ޕައިލިން މަސައްކަތް %80 މަސައްކަތެކެވެ.

ބްރިޖްގެ އެއް ތަނބު އަނެއް ތަނބާ ގުޅުވާލާނީ ޕްރީ-ކާސްޓް ސެގްމަންޓްތަކަކުން ކަމަށް ވާއިރު މިހާރު 993 ސެގްމަންޓްގެ ތެރެއިން 373 ސެގްމަންޓްގެ މަސައްކަތް ވަނީ ނިމިފައެވެ. އެއް ތަނބު އަނެއް ތަނބާ ގުޅާލުމުގެ މަސައްކަތްތައް ފަށާފައިވާއިރު މިހާތަނަށް 18 ޕްރީ-ކާސްޓް ސެގްމަންޓް ގުޅާލާފައިވެއެވެ.