ރާއްޖޭގެ ސިޔާސީ މަސްރަހުގައި އަދާލަތު ޕާޓީއަށް ފުރުސަތުތައް އެންމެ ފަހިވާނީ ބަރުލަމާނީ ނިޒާމަކުން ކަމަށް އެ ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން ވިދާޅުވެއްޖެއެވެ.

Ads by Asuru

އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަދާލަތަށް ރަނގަޅީ ބަރުލަމާނީ ނިޒާމެއް ކަމަށް ވިޔަސް އެ ޕާޓީ ވިސްނާނީ ގައުމުގެ މަސްލަހަތަށް ކަމަށެވެ.

ބަރުލަމާނީ ނިޒާމަކަށް މަސައްކަތް ފައްޓަވައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެމްޑީޕީގެ ކޮންގްރެސް އަށް ވެސް ހުށަހަޅުއްވައިފައެވެ.

ނަމަވެސް އެކަމަށް ތާއީދެއް ނެތްކަން ހާމަކުރައްވައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެސް ވަނީ އެ ގަރާރު އަނބުރާ ގެންދަވަން އެދިވަޑައިގެންފައެވެ.

ނަޝީދު ބަރުލަމާނީ ނިޒާމަކަށް ތާއީދު ކުރައްވާއިރު، ރާއްޖޭގެ ސިޔާސީ ލީޑަރުން އެ ނިޒާމާ ދެކޮޅެވެ.