ސިނަމާލެ ބްރިޖު ކައިރިން އޮޔާ ދަނިކޮށް ފެނުނު މީހާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އޮތީ މަރުވެފައި ކަމަށް ފުލުހުން ބުނެފިއެވެ.

އައިޖީއެމްއެޗްއާ ހަވާލާދީ ފުލުހުން ބުނީ، އެމިހާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާކަމަށާއި، އެއީ އަންހެނެއް ކަމަށެވެ.

އެ އަންހެން މީހާ އޮޔާ ދަނިކޮށް ފެނިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މެންދުރު 12:35 އެހާކަން ހާއިރުއެވެ.

މިއަދު މެންދުރު ހިނގި މި ހާދިސާއާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން ބަލަމުންދާއިރު، މިކަމުގެ އިތުރު ތަފްސީލެއް ފުލުހުން ނެދެއެވެ.

މަރުވެފައި އޮއްވާ ފެނުނީ ދިވެއްސެއްކަމެއް ނުވަތަ ބިދޭސީއެއްކަމެއްވެސް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.