މާލެ ސަރަހައްދުން ގެއްލުނު ކުއްޖަކު ހޯދުމުގެ މަސައްކަތް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ފަށައިފިއެވެ.

ފުލުހުން ބުނީ، ގެއްލިގެން ހޯދަނީ ތ. މަޑިފުށި / ނައިޓްރޯސް، އާއިޝަތު ޒޯޔާ ފިކުރީ (14އ) ކަމަށެވެ.

މިހާރު ވިލިމާލޭގައި ދިރިއުޅޭ އެ ކުއްޖާ ދިރިއުޅޭ ގެ ވެސް ފުލުހުން ވަނީ އާންމުކޮށްފައެވެ. ފުލުހުން ބުނި ގޮތުގައި އެ ކުއްޖާ އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ އަންގާރަ ދުވަހު އެ ކުއްޖާ ދިރިއުޅޭ ގެއިންނެވެ.

ފުލުހުން ބުނީ ޒޯޔާ އާއިލާއަށް ޚަބަރެއް ނުވެ ގެއްލިފައިވާ ކަމަށް ރިޕޯޓުކޮށްފައިވާތީ އެ ކުއްޖާ ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.