މާލޭގައި ދަރުބާރުގެ ކައިރިން ދެ ސައިކަލެއް ޖެހި ހިނގި އެކްސިޑޭންޓުގައި އަނިޔާވި ޒުވާނަކަށް ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފިއެވެ.
މިކަމާ ގުޅޭގޮތުން ފުލުހުން ބުނީ ދަރުބާރުގެ ޓްރެފިކް ލައިޓު ކައިރިން ދެ ސައިކަލް ޖެހި އެކްސިޑެންޓެއް ހިނގާފައިވާކަމަށް މިއަދު 6:45 ހާއިރު ފުލުހަށް ރިޕޯޓު ކޮށްފައިވާކަމަށެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓުގައި ހިމެނޭ އެއް ސައިކަލުދުއްވި މީހާއަށް އަނިޔާވެގެން އޭޑީކޭގައި ފަރުވާ ދެމުންދާކަމަށެވެ.
އެއީ 19 އަހަރުގެ ދިވެހި ފިރިހެނެއްކަމަށް ވެސް މައުލޫމާތު ދިނެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.
