މ. ދިއްގަރު ބިން ހިއްކުމުގެ މަސައްކަތުގެ 68 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް މި މަޝްރޫއު ކުރިއަށް ގެންދާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން ބުނެފިއެވެ.
އެމްޓީސީސީން ބުނެފައިވަނީ މ. ދިއްގަރު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 57 ޕަސެންޓް ނިމިފައިވާ ކަމަށެވެ. އަދި ބިން ހިއްކުމުގެ މަސައްކަތުގެ 68 ޕަސެންޓް ނިމިފައިވާ ކަމަށެވެ.
M. Dhiggaru Land Reclamation and Shore Protection Project is well underway, with overall 57% project progress. Reclamation operations are ongoing, with 68% completion.#MTCCProjects #RayyithungeKunfuni pic.twitter.com/61EKdOlV3R
— MTCC Plc (@MTCCPlc) August 17, 2022
މި މަޝްރޫއުގެ ދަށުން، 25 ހެކްޓަރުގެ ބިން ހިއްކުމާއި، 384 މީޓަރުގެ ސަރަޙައްދެއްގައި ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމާއި، 287 މީޓަރުގެ ސަރަޙައްދެއްގައި ބޮޑުހިލައިގެ ބޭރުތޮއްޓެއް ލުމުގެ މަސައްކަތް ހިމެނެއެވެ.
މ. ދިއްގަރު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއަކީ 121.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.