15 އަތޮޅުގައި ޕަބްލިކް ވޯކްސްގެ ހިދުމަތް ގާއިމުކުރުމަށް ބަޖެޓްގައި ހިމަނުއްވާނެ ކަމަށް ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިފަދައިން ވިދާޅުވީ އިދާރީ ދާއިރާތަކުގައި އާންމު މަސައްކަތްތައް ހަރުދަނާ ކުރުމުގެ ބައްދުވުން ފައްޓަވައިދެއްވަމުންނެވެ.
ޕަބްލިކް ވޯކް ސައިޓުތަކުގައި މުވައްޒަފުންނަށް މަސައްކަތް ކުރުމަށް ރަނގަޅު މާހައުލެއް ނެތްކަން ފާހަގަކުރައްވައި މިނިސްޓަރު ވަނީ ޒަރޫރީ ކަންތައްތަކަށް ބޭނުންވާނެ ވަސީލަތްތައް ވެސް ނެތް ކަމަށް ވިދާޅުވެފައެވެ.
އަދި ހިންގުމުގެ ނިޒާމުގައި ވެސް ބޮޑެތި ގޮންޖެހުންތަކެއް ހުރިކަން ފާހަގަކުރެވުނު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މުޅި ރާއްޖެއަށް ޕަބްލިކް ވޯކްސްގެ ހިދުމަތް ފުޅާކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެއް ކަމަށެވެ.
އެގޮތުން އިތުރު 15 އަތޮޅެއްގައި ޕަބްލިކް ވޯކްސްގެ ހިދުމަތް ގާއިމު ކުރުމަށް އަންނަ އަހަރުގެ ބަޖެޓްގައި ހިމަނުއްވާނެ ކަމަށް ވިދާޅުވިއެވެ. މި މަސައްކަތް ތަރުތީބު ކުރެވިގެންދާނީ ލާމާރުކަޒީ ނިޒާމުގެ ތެރެއިން ކައުންސިލްތަކާ އެކުގައިކަމަށްވެސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވިއެވެ.
