ހުޅުމާލެ އިން ދަނޑުވެރިކަމަށް އިތުރު ބިން ކުއްޔަށް ދޫކުރަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުވާލައިފިއެވެ.

Ads by Asuru

މިއީ އެ ކުންފުނިން ހިންގާ ”ރަށްވެހި ދަނޑުވެރިކަމު“ ގެ މަޝްރޫއުގެ ދެވަނަ ފިޔަވަހި ފެއްޓުމަށްޓަކައި ހުޅުވާލި ފުރުސަތެއް ކަމަށް އެޗްޑީސީން މައުލޫމާތުދެއެވެ.

އެގޮތުން މިހާރު ބިން ކުއްޔަށް ދޫކުރަން ހުޅުވާލާފައި ވަނީ ޒުވާނުންނާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހާއްސަ ކުރެވިފައިވާ ބިންތަކެވެ.

މި ބިންތަކަށް އެދުމުހެ ފުރުސަތު އަންނަ މަހުގެ 12 އާ ހަމައަށް ވަނީ ހުޅުވާލައިފައެވެ. މިކަމާ ގުޅޭގޮތުން އިތުރު މައުލޫމާތު ހޯދުމަށް އެޗްޑީސީގެ ހޮޓްލައިން 3353535 އަށް ގުޅާލާށެވެ.

އެޗްޑީސީން ފެށި ރަށްވެހި ދަނޑުވެރިކަމުގެ މަޝްރޫއަކީ ދަނޑުވެރިކަމަށް އާންމުން ހޭލުންތެރިކަން އިތުރުކޮށް ދަނޑުވެރިކަމުގެ ސިނާއަތަށް މީހުން ޝައުގުވެރި ކުރުމަށް ހިންގާ މަޝްރޫއެކެވެ. މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި 48 ދަނޑުވެރިންނަށް 16 ބިމެއް ދޫކޮށްފައިވެއެވެ.

މި މަޝްރޫއަށް ބިޒްނަސް ސެންޓަ ކޯޕަރޭޝަން (ބީސީސީ) އާއި އެގްރޯނެޓްގެ ފަންނީ އެހީތެރިކަން ލިބެއެވެ.