ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ މަންމަ، މުއުމިނާ ހުސައިންފުޅު އަވަހާރަވުމާ ގުޅިގެން ރައްޔިތުންގެ މަޖިލިިހުގެ ރައީސް އަބްދުއްރަހީމް އެމަނިކުފާނަށް މިއަދު ތައުޒިޔާ ވިދާޅުވެއްޖެއެވެ.
ސޯލިހުގެ މަންމާފުޅު އަވަހާރަވީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.
އެކަމަނާ އަވަހާރަވިއިރު، އުމުރުފުޅަކީ 80 އަހަރެވެ.
މުއުމިނާ އަވަހާރަވުމާ ގުޅިގެން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެކަމަނާ އަވަހާރަވި ހަބަރު އެއްސެވީ ނުހަނު އަސަރާއެކު ކަމަށާއި، މި ފުން ހިތާމައިގައި ބައިވެރިވެ ތައުޒިޔާ ދަންނަވާ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.
ރައީސް ސޯލިހުގެ އާއިލާގެ ހުރިހާ ބޭފުޅުންނަށް ކެތްތެރިކަން މިންވަރު ކުރައްވައި އެމަނިކުފާނުގެ މަންމާފުޅަށް ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރުކޮށްދެއްވުން އެދިވަޑައިގެން އަބްދުއްރަހީމް ވަނީ ދުއާ ދަންނަވައިފައެވެ.

