މި އަހަރުގެ މާޗު މަހާ އަޅާ ބަލާއިރު އެޕްރީލް މަސް ނިމުނުއިރި ރާއްޖޭގެ ރަސްމީ ރިޒާވް އިތުރުވެއްޖެއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުގައި ވާގޮތުން ފާއިތުވި އެޕްރީލް މަސް ނިމުނުއިރު ރިޒާވުގައި 622.1 މިލިއަން ޑޮލަރު ހުރިކަމަށް ދައްކާއިރު މި އަހަރުގެ މާޗު މަސް ނިމުނުއިރު ރަސްމީ ރިޒާވްގައި ހުރީ 541.8 މިލިއަން ޑޮލަރެވެ.

މިއީ މި އަހަރުގެ މާޗް މަސް ނިމުނުއިރު ރަސްމީ ރިޒާވްގައި ހުރި އަދަދަށްވުރެ 80.3 މިލިއަން ޑޮލަރު އިތުރު އަދަދެކެވެ.

ޖެނުއަރީ މަސް ނިމުނުއިރު، ރަސްމީ ރިޒާވްގައި 551.1 މިލިއަން ޑޮލަރު ހުރިއިރު، ފެބްރުއަރީމަސް ނިމުނުއިރު ހުރީ 588.8 މިލިއަން ޑޮލަރެވެ.

ކުރު މުއްދަތުގެ ދަރަނި އުނިކުރުމުން އޭޕްރީލް މަސް ނިމުނުއިރު ޔޫޒަބަލް ރިޒާވްގައި ހުރީ 113.6 މިލިއަން ޑޮލަރެވެ. މާޗް މަސް ނިމުނުއިރު ޔޫޒަބަލް ރިޒާވްގައި ހުރީ 113.7 މިލިއަން ޑޮލަރެވެ.